ސައޫދީ އަރަބިއްޔާގެ މައްކާއަށް ކުރަމުންދާ ޒިޔާރަތެއްގައި އިންޑިއާގެ ބޮލީވުޑް އެކްޓްރެސް ރާކީ ސާވަންތު (ރާކީ ފާތިމާ) މައްކާގެ ހަރަމްފުޅު ސަރަހައްދުގައި މުސައްލަ ބަހަން އުޅުމުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން އޭނާ ވަށާލައި، ނުރައްކާތެރި އަދި ބިރުވެރި މަސްރަހެއް އުފެދިއްޖެ އެވެ.
އިންސްޓަގްރާމްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރާކީ މައްކާއަށް ގޮސް އުޅެނީ ނޭޕާލަށް ކުރިމަތިވެފައިވާ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ހެޔޮ ދުއާކޮށް، މައްކާގައި ތިބި އުމްރާވެރިންނަށް މުސައްލަ ހަދިޔާކުރުމަށެވެ.
ނަމަވެސް މުސައްލަ ބަހަން ފެށުމާއެކު އޭނާ ކައިރިއަށް ގިނަ ބަޔަކު އެއްވެ، ރާކީ ބަހަމުންދިޔަ މުސައްލަތައް ހޯދުމަށް ފިއްތައިގަތުމުގެ ސަބަބުން މަސްރަހު ކޮންޓްރޯލުން ނައްޓައިގެން ދިޔައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ރާކީ "އައްލާހު އަކްބަރު" ގޮވަމުން މީހުން ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް، އެއްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އޭނާގެ ހިޖާބުގައި ހިފާ ދަމައި ހަދާފައިވެއެވެ. މި ހާދިސާއާ އެކު ރާކީ ވަނީ "އާދޭސްކޮށްފައި ބުނަން، ތަޅާފޮޅާ ނުހަދާން" ބުނެ މީހުންގެ ތެރެއިން ނުކުމެވޭތޯ މަސައްކަތް ކޮށްފައެވެ.
މީގެ އިތުރުން މައްކާގެ ކައުބަތުއްﷲ ގެ ކުރިމަތީގައި ހުރެ ރާކީ ވަނީ ނޭޕާލުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިވާ އިންޑިއާ އަދި ނޭޕާލްގެ ރައްޔިތުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޖަނަވާރުތައް ސަލާމަތްކޮށްދެއްވުން އެދި ދުއާކޮށްފައެވެ. ރާކީ ބުނި ގޮތުގައި އޭނާގެ އެދުމަކީ ނޭޕާލަށް ދިމާވެފައިވާ ތޫފާނާއި ފެންބޮޑުވުން ނިމުމަކަށް އައިސް އެ އެންމެން ސަލާމަތުން ތިބުމެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ރާކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަމައި ރައިނާގެ "އިންޑިއާސް ގޮޓް ލޭޓެންޓް" ސީޒަން 2 ގެ ހާއްސަ ޕެނަލިސްޓެއްގެ ގޮތުގައެވެ.

🚨 बॉलीवुड ड्रामा क्वीन राखी सावंत ने उमराह के दौरान मक्का शहर में बेशकीमती जानमाज बाँटी❗
— Journalist Jyoti magan 🇮🇳 (@jyotimagan555) August 29, 2026
📍राखी सावंत इस समय सऊदी अरब उमराह करने गयी हुई हैं....🔴#RakhiSawant #Indian #Saudi #Arab #Mecca #Prayer #viralvídeo https://t.co/tPeKlkcSRo pic.twitter.com/NW2jrEJMXs
ނަމަވެސް މުސައްލަ ބަހަން ފެށުމާއެކު އޭނާ ކައިރިއަށް ގިނަ ބަޔަކު އެއްވެ، ރާކީ ބަހަމުންދިޔަ މުސައްލަތައް ހޯދުމަށް ފިއްތައިގަތުމުގެ ސަބަބުން މަސްރަހު ކޮންޓްރޯލުން ނައްޓައިގެން ދިޔައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ރާކީ "އައްލާހު އަކްބަރު" ގޮވަމުން މީހުން ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް، އެއްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އޭނާގެ ހިޖާބުގައި ހިފާ ދަމައި ހަދާފައިވެއެވެ. މި ހާދިސާއާ އެކު ރާކީ ވަނީ "އާދޭސްކޮށްފައި ބުނަން، ތަޅާފޮޅާ ނުހަދާން" ބުނެ މީހުންގެ ތެރެއިން ނުކުމެވޭތޯ މަސައްކަތް ކޮށްފައެވެ.
މީގެ އިތުރުން މައްކާގެ ކައުބަތުއްﷲ ގެ ކުރިމަތީގައި ހުރެ ރާކީ ވަނީ ނޭޕާލުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިވާ އިންޑިއާ އަދި ނޭޕާލްގެ ރައްޔިތުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޖަނަވާރުތައް ސަލާމަތްކޮށްދެއްވުން އެދި ދުއާކޮށްފައެވެ. ރާކީ ބުނި ގޮތުގައި އޭނާގެ އެދުމަކީ ނޭޕާލަށް ދިމާވެފައިވާ ތޫފާނާއި ފެންބޮޑުވުން ނިމުމަކަށް އައިސް އެ އެންމެން ސަލާމަތުން ތިބުމެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ރާކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަމައި ރައިނާގެ "އިންޑިއާސް ގޮޓް ލޭޓެންޓް" ސީޒަން 2 ގެ ހާއްސަ ޕެނަލިސްޓެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު