މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ހުޅުވައިފިއެވެ.
މަޑުއްވަރީގައި އަލަށް ތަރައްޤީ ކޮށްފައިވާ މި ވޮލީ ކޯޓަކީ ނިމިގެންދިޔަ ދައުރުގެ ރަށު ކައުންސިލުން ފަށައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މަޑުއްވަރީގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ.
ވޮލީކޯޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، އެންމެ ބޮޑު އުއްމީދަކީ މަޑުއްވަރީގައި ހުޅުވުނު ވޮލީކޯޓްގެ ސަބަބުން ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް މަޑުއްވަރީން އުފެދިގެން ދިއުން ކަމަށެވެ. އަދި ރަށުގެ އެންމެހާ ރައްޔިތުންވެސް މި ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށް މިނިސްޓަރ ރާފިޢު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަން. ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް" މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރުމުގައި ސާބިތުކަމާއެކު ކަމަށެވެ. ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ.
އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މ. މަޑުއްވަރީ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފި. pic.twitter.com/wDnHidiECh
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) August 29, 2026
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރުމުގައި ސާބިތުކަމާއެކު ކަމަށެވެ. ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ.
އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ހިޔާލު