ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ނުރައްކާތެރި އައިއީޑީއެއް ހަރުކޮށް، އެ މަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން އެ ގޮއްވާލައިގެންނެވެ. މި ހާދިސާއާ ގުޅިގެން ދައުލަތުން މައިގަނޑު ގޮތެއްގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަޙުމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަޙުމަދާއި، ނ. މަނަދޫ ނޫރީގެ ޢަލީ ހައިޝަމާއި، އއ. މާޅޮސް އަސަރީގެ މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ ޢަލީގެ އިތުރުން ހއ. މޮޅަދޫ މ. ކުދެހިގެ އިސްހާގެވެ.
މި މީހުންގެ ތެރެއިން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އަލީ ހައިޝަމް އަދި ފަހުމީ އަލީގެ މައްސަލައިގެ އަޑުއެހުންތަކެވެ. އެގޮތުން ފަހުމީގެ އަޑުއެހުން ހެނދުނު 09:00 އަށް ތާވަލުކޮށްފައިވާއިރު، ހައިޝަމްގެ ޝަރީއަތް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އަށެވެ. ދައުލަތުން ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މެއި ހައެއްގެ ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހެއްގެ ޝަރީއަތް ކޯޓުގައި ކުރިއަށްދާއިރު، ބޮން ގޮއްވާލިކަމަށް އިއުތިރާފުވި ވ. ތިނަދޫ ހިޔާ އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ވަނީ 23 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. މީގެ އިތުރުން މި މައްސަލައިގައި ހއ. މޮޅަދޫ ބަހާރުގެ ޢަބްދުﷲ ޢަލީ މަނިކާއި، ހއ. ހޯރަފުށި އަލަނާސިގެ މުޙައްމަދު ތަސްލީމާއި، ދަފްތަރު 6231 ޙަސަން ޔާސީން އަދި ހުޅުމާލެ 07-3-56 މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށް ވެސް ދައުވާކުރިއެވެ. މީގެ ތެރެއިން އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ގައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް، މި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށް ފުލުހުން ތުހުމަތުކުރި ތަސްލީމްގެ މައްޗަށް ކުރި ދައުވާތައް ޝަރީއަތުގައި ސާބިތުވެފައެއް ނުވެއެވެ.
މި ނުރައްކާތެރި ހަމަލާގައި ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާފުއްތައް ރައީސް ނަޝީދުގެ ހަށިކޮޅުގެ އެކި ތަންތަނަށް ވަދެ، އެ މަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އެ ހާދިސާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރައްވައި، އިތުރު ފަރުވާއަށް ޖަރުމަނުވިލާތުގައި ވެސް އެ މަނިކުފާނު ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. މި ހަމަލާއަށް ފަސް އަހަރު ފުރިފައިވާއިރު، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް މިހާރު ހާލުކޮޅު ފުރިހަމައަށް ރަނގަޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވަނީ މި އަހަރު ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު