އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން ޢާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާގޮތުން މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެކުންފުންޏައް 100 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓާ އާ އަޅާބަލާއިރު 5 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިއަހަރުގެ 2 ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 105 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 94 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ލިބިފައިވަނީ 1.29 މިލިއަން ރުފިޔާގެ އާމްދަނީއެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވާ ސާފު ފައިދާގެ އަދަދަކީ 119 މިލިއަން ރުފިޔާއެވެ. ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން މި ކުއާޓާގައި ތެޔޮ ވިއްކައިގެން 818 މިލިއަން ރުފިޔާ ވަނީ އެކުންފުންޏައް ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓާގައި ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީއަށް ވުރެ 189 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ 81 އިންސައްތަ އަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ ނިސްބަތަކީ 19 އިންސައްތައެވެ. އެ ކުންފުނީގައި ޖުމްލަ 2057 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން