މާލޭގެ ގެޔެއްގައި ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި ހާލުދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި އިތުރު މީހަކު ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި ތިބި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 10:34 އެހާކަންހާއިރުއެވެ. މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، ހާލުދެރަވި ދެ މީހުން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް