ފޮޓޯ: އެމްޕީއެލް
ފޮޓޯ: އެމްޕީއެލް
ރާއްޖެއިން ކުކުޅުބިސް ހުސްވެފައިވާ ކަމަށާއި، ބިސް ވިއްކަނީ ކޮންޓްރޯލް ކޮށްގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އެސްޓީއޯ އިން ދޮގުކޮށްފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނީ، ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އެއްވެސް ކޮންޓްރޯލެއް ނެތި މިހާރުވެސް ކުކުޅުބިސް ވިއްކަމުންދާ ކަމަށެވެ. ހަމަ އެއާ އެކު، ބިހުގެ އިތުރު ޝިޕްމަންޓްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދަތިކަމެއް ނެތި ކުކުޅުބިސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެމުން، ސަޕްލައި ޗެއިންގައި ހުރި ގޮންޖެހުންތަކަށް ބެލުމެއްނެތި، ޒަރޫރީ ތަކެތި ހެޔޮ އަގުގައި ރާއްޖެ އެތެރެކޮށް ސަޕްލައި ކުރުމަށް އެ ކުންފުނިން އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯ އިން ވަނީ ފާހަގަކޮށްފައެވެ.

ކުކުޅުބިހަކީ، މި ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 23 ބާވަތުގެ ތެރޭގައި ހިމެނޭ، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ތަކެތީގެ ތެރެއިން ބާވަތެކެވެ.

މި ސަރުކާރުން މީގެކުރިން ބުނެފައިވަނީ، ރައްޔިތުންނަށް ޒަރޫރީ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު