ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހި ޢާއިލާތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ މަޖިލީހުގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ރަސް" ނޫހަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ސީރިއާގެ ކޭމްޕުތަކުން ބައެއް ދިވެހިން ފިލައިގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެތަނުގައި މިހާރުވެސް ތިބި ދިވެހި ޢާއިލާތައް އަނބުރާ ޤައުމަށް ގެނައުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެ އެންމެން ރާއްޖެ ގެނެސް ނިންމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސީރިއާގެ ބައެއް ސަރަޙައްދުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ދުވަސްވަރު، އެ ޖަމާޢަތްތަކާ ގުޅުމަށްޓަކައި އަނބިދަރިން ގޮވައިގެން ގިނަ ޢަދަދެއްގެ ދިވެހިން އެ ޤައުމަށް ދިޔައެވެ. މި ހަނގުރާމައިގައި ގިނަ ބަޔަކު މަރުވެފައިވާއިރު، އެމީހުންގެ ޢާއިލާތަކަށް ނިސްބަތްވާ އަންހެނުންނާއި ކުޑަކުދިން އަދިވެސް ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުން އެބަދެއެވެ.
ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ފަށާފައިވާއިރު، އެފަދަ ފަރާތްތައް މުޖުތަމަޢަށް އަލުން ނެރުމުގެ ކުރިން ފަރުވާދީ، ރިހެބިލިޓޭޓް ކުރުމަށްޓަކައި ޚާއްޞަ މަރުކަޒެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ، ބައިނަލްއަޤްވާމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މަސައްކަތް އިތުރަށް ހަލުވިކޮށް، ކޭމްޕުތަކުގައި ތިބި ދިވެހި ރައްޔިތުން ރައްކާތެރިކަމާއެކު ވީއެންމެ އަވަހަކަށް ޤައުމަށް އަނބުރާ ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު