ގްރޭޓަރ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިމާލެ ގުޅުވައިދޭ މައި އޮނިގަނޑުގެ މަސައްކަތް ފުރިހަމަކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ.
މިއީ މުޅި މި މަޝްރޫޢަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މާލެއާއި ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓް އެޅުމުގެ މަސައްކަތް ނިންމާލުމާއެކު، ބްރިޖުގެ މައި އޮނިގަނޑު މިހާރު ވަނީ މުޅިން ގުޅިފައެވެ.
ދެން އެންމެ އަވަހަށް ފެށޭނީ ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، މަގުބައްތިތައް ހަރުކުރުން ފަދަ ފިނިޝިންގ މަސައްކަތްތަކެވެ. އެފްކޮންސްއިން މަޢުލޫމާތު ދޭ ގޮތުގައި ބްރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ކަމުގައިވީ ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރެވޭނީ ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިމުމުންނެވެ.
މުޅި ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ އިޤްތިޞާދަށްވެސް ނުހަނު މުހިންމު މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހައިވޭތަކުން ގުޅާލެވޭނެއެވެ.
މިގޮތުން ބްރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މިހާރުވެސް ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާ މި މެގާ މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ހޭދައާއެކުގައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ.

ކިޔުންތެރިންގެ ހިޔާލު