އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުން ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި ހަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ކެޑޭޓުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ކުރިއަށް ގެންދިޔަ މި އެވެއަރނަސް ސެޝަނުގައި، އެ ދެ ސްކޫލުން ޖުމްލަ 76 ކެޑޭޓުން ބައިވެރިވިއެވެ.
މި ސެޝަނުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މައުލޫމާތުދީފައި ވެއެވެ.
ހަމަ އެކަނި ތިއަރީ ސެޝަނުގެ ކުލާސްތައް ކުރިއަށް ގެންދިޔަ މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު