ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުންގެ ޓީމަކުން ބެއްލެވުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. ޑޮކްޓަރުން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ("މެޑިކަލީ ފިޓް") ކަމަށް ކަނޑައަޅާފައެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވި ގޮތުގައި، އިމްރާން ޚާން ބެއްލެވި ޚާއްސަ ޑޮކްޓަރުންގެ ޓީމުގައި ލޮލުގެ ޚާއްސަ ޑޮކްޓަރަކާއި، ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އެތެރެހަށީގެ ޚާއްސަ ފިޒީޝަނެއް ހިމެނެއެވެ.
އުމުރުން 73 އަހަރުގެ އިމްރާން ޚާންގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، 48 ގަޑިއިރުގެ ތެރޭގައި ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި 2023 ވަނަ އަހަރު ޖަލަށްލީ ފަހުން ކޯޓަކުން އިމްރާން ޚާނަށް ލިބުނު އެންމެ ބޮޑު ލުޔެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވާގޮތުން، ގިނަ މަސްތަކަކަށްފަހު އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތުވެސް އިމްރާން ޚާނަށް ވަނީ ދީފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ އެމަނިކުފާނުގެ ކޮއްކޯފުޅު ނޫރީން ޚާން ވަނީ ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރައްވާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ހޮސްޕިޓަލުގައި ކުރިއަށްދިޔަ މެޑިކަލް ޓެސްޓުތަކުގެ ހުރިހާ މަރުހަލާއެއްގައި ވެސް އިމްރާން ޚާންގެ އަނެއް ކޮއްކޯފުޅު ޑރ. އުޒްމާ ޚާން ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓަރު ތަރާރު ވިދާޅުވިއެވެ.
ކޯޓު އަމުރުގައި އިމްރާން ޚާން ގެންދިއުމަށް އޮތީ އިސްލާމްއާބާދުގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ "ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލް" އަށެވެ. އެ ސަރަހައްދު ބަންދުކޮށް، ސަލާމަތީ ބާރުތަކުން ފޯރިމަރަމުން ދިޔައިރު، ޕާޓީގެ ލީޑަރުންނާއި ކޯޓުގެ އެންގުމާ ޚިލާފަށް ޕީޓީއައިގެ ބައެއް ސަޕޯޓަރުން ވެސް އެ ސަރަހައްދަށް އެއްވިއެވެ. ނަމަވެސް، ފަހުން ސަރުކާރުން ވަނީ އެމަނިކުފާނު ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ "ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް" (ޕިމްސް) އަށް ގެންގޮސްފައެވެ. ފުލުހުންގެ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި ޝިފާ ހޮސްޕިޓަލް ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރީ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ ގޮތުންނެވެ.
މި ބަދަލާ ގުޅިގެން މިނިސްޓަރު ތަރާރު ވިދާޅުވީ، ހޮސްޕިޓަލް ބަދަލުކުރަން ޖެހުނީ ޕީޓީއައިގެ ސަޕޯޓަރުންގެ ސަބަބުން އުފެދުނު ސަލާމަތީ ނުތަނަވަސްކަމާ ހުރެ ކަމަށެވެ. އެހެންނަމަވެސް ޕީޓީއައިގެ އިންފޮމޭޝަން ސެކްރެޓަރީ ޝެއިޚް ވަގާސް އަކްރަމް ވަނީ، މިއީ ކޯޓު އަމުރު ތަންފީޒުކުރުންތޯ ނުވަތަ ޕްރޮޕެގެންޑާ ފެތުރުމަށް ހިންގި ދަޅައެއްތޯ ސުވާލު އުފައްދަވާފައެވެ.
އިމްރާން ޚާންގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި އިމްރާން ޚާން ގެންދަވަނީ ލޮލުގެ ފެނުން ދަށްވުން ފަދަ ސިއްހީ އެތައް މައްސަލަތަކެއް ތަހައްމަލު ކުރައްވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު ވަކީލުން ވިދާޅުވީ، ޖަލު ބަލަހައްޓާ ފަރާތްތަކުގެ އިހުމާލުން އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުމުގެ %15 ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ. ސުޕްރީމް ކޯޓުން ވަނީ ގައި
ދީންގެ ފުރާނައާއި، ސިއްހަތާއި، ގަދަރާއި އަދި ރައްކާތެރިކަން ދެމެހެއްޓުމަކީ ގާނޫނީ ވާޖިބެއްކަން ފާހަގަކޮށްފައެވެ.
ކުރިން ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރެއްވި އަދި 2018 އިން 2022 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާން، 2023 ގެ އޮގަސްޓުގައި ޖަލަށްލީ ދައުލަތުގެ ސިއްރުތައް ލީކުކުރުމާއި ހަދިޔާތައް ވިއްކުން ފަދަ 100 އަށް ވުރެ ގިނަ ދައުވާ އުފުލުމަށްފަހުއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.
އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް ހިނގި ނަމަވެސް، ސަރުކާރުން ވަނީ އެ ހަރަކާތްތައް ހުއްޓުވާފައެވެ. އެހެންނަމަވެސް، ޖަލުގައި ހުންނެވި ނަމަވެސް އިމްރާން ޚާނަކީ އަދިވެސް އެ ގައުމުގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ތާއީދެއް އޮތް އެއް ލީޑަރެވެ.
Pakistan ex-PM Imran Khan back in jail after hospital examination

ކިޔުންތެރިންގެ ހިޔާލު