ބަންގްލަދޭޝްގެ 23 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު އިންތިޚާބުވެވަޑައިގެންފިއެވެ.
އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި، މީރްޒާ ފަޚްރުލް ރައީސްކަމުގެ މަޤާމު ކާމިޔާބު ކުރެއްވީ 255 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި، އުމުރުފުޅުން 78 އަހަރުގެ މީރްޒާ ފަޚްރުލް އަކީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ދިގު މުއްދަތަކަށް ފުރުއްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ. ރައީސްކަމުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ގޮތުން، އެމަނިކުފާނު ވަނީ ކުރިން ފުރުއްވަމުން ގެންދެވި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމުންނާއި، ލޯކަލް ގަވަރމަންޓް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި އިންތިޚާބު ބާއްވަން ޖެހުނީ ކުރީގެ ރައީސް މުޙައްމަދު ޝަހާބުއްދީން، ޞިއްޙީ ޙާލަތު ހުރިގޮތުން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އައު ރައީސް މީރްޒާ ފަޚްރުލް މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ "ބަންގަބަބަން" ގައެވެ.

ކިޔުންތެރިންގެ ހިޔާލު