ގްރޭޓަރ މާލެ ސަރަޙައްދު ގުޅުވާލުމަށް ކުރިއަށްގެންދާ "ތިލަމާލެ ބްރިޖު" މަޝްރޫޢުގެ 76.1 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނުގެ މި ބްރިޖާއި ކޯޒްވޭ ނެޓްވޯކް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރ 2027 ގައެވެ.މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ކުރީ ސަރުކާރުގައި 16 ސެޕްޓެމްބަރ 2021 ގައެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހިންގާ މި ބިޔަ މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން މި ސަރަޙައްދު އެއްފަސްކޮށް ބަދަހިކުރުމެވެ. ސަރުކާރުން ބުނީ މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖުގެ ތަނބުތަކުގެ ދެމެދުގައި އަޅާ ޑެކް ސެގްމެންޓްތައް ތައްޔާރުކުރުމާއި އެ ތަކެތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ކުރިން ބައެއް ލަސްތަކެއް ކުރިމަތިވީ އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާއި، ކޯވިޑް-19 ގެ ޢާލަމީ ވަބާއާ ގުޅިގެން ދިމާވި އިޤްތިޞާދީ ދަތިތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، މިހާރު ސަރުކާރުން ދަނީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ އޭޕްރީލް މަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ މަޝްރޫޢުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، މާލެއިން ވިލިމާލެއަށް ގުޅުވައިދޭ ބައި 2026 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މުޅި މަޝްރޫޢު އެއްކޮށް 2027 ގައި ނިމޭނެ ކަމަށެވެ.
މީގެ އިތުރުން، މާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ބިން ލިބުނު ފަރާތްތަކާ ބައްދަލުކުރައްވައި ރައީސް ޑރ. މުޢިއްޒު ޖެނުއަރީ މަހު ވިދާޅުވެފައިވަނީ، ގިރާވަރުފަޅާ ހަމައަށް ބްރިޖު ގުޅުވާލުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު