ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފޮނުއްވައިފިއެވެ.
ރައީސް ނަޝީދުގެ އިތުރުން، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސްކުރަށްވާފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި ދެއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ފަޚުރުވެރި ޤައުމީ ދުވަހުގެ މުބާރަކްބާދު އެންމެހައި ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި އިސްތިޢުމާރުންދިވެހިރާއްޖެ ސަލާމަތްވެ، ލިބުނު މަތިވެރި ނަސްރާއި ފަތަހަ އާ ގުޅުވައިގެންނެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ހޯއްދަވައިދެއްވި މަތިވެރި މިނިވަންކަމުގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ޖިހާދުން އިބުރަތް ހާސިލުކުރުމެވެ.

Dhivehi Raajjeyge ufaaveri, fakhuruveri Qaumee dhuvahuge thahuniyaa enme beyfulhunnah rahdhukuran.
— Mohamed Nasheed (@MohamedNasheed) August 14, 2026
ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި އިސްތިޢުމާރުންދިވެހިރާއްޖެ ސަލާމަތްވެ، ލިބުނު މަތިވެރި ނަސްރާއި ފަތަހަ އާ ގުޅުވައިގެންނެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ހޯއްދަވައިދެއްވި މަތިވެރި މިނިވަންކަމުގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ޖިހާދުން އިބުރަތް ހާސިލުކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު