މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ކިޔަވާ ކުދިންގެ ލޯނު ސްކީމަށް ކަނޑައަޅާފައިވާ ބަޖެޓުން ދޫކޮށްފައިވަނީ އެންމެ 15.7 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ބަޖެޓުގައި ދަރިވަރުންގެ ލޯނު ސްކީމަށް 776.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް، އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މި ސްކީމުގެ ދަށުން ދޫކޮށްފައިވަނީ އެންމެ 121.8 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ލޯނު ސްކީމަށް ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް 6 އާ ހަމައަށް 316 މިލިއަން ރުފިޔާ ލޯނު ސްކީމަށް ދޫކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ކުރި ހޭދަ ވަނީ 61.5 އިންސައްތަ ދަށްވެފައެވެ.
ދަރިވަރުންގެ ލޯނަށް ކުރާ ހޭދަ ދަށްވި ނަމަވެސް، ސަރުކާރުގެ ޖުމްލަ ޚަރަދުތައް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 23 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 27.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޖެނުއަރީ މަހު އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ ލޯނުގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ އަދި ސްކޮލަރޝިޕްތަކަށް 471.09 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު