ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް އުސޫލު އުވާލައި، މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އިސްލާހުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ހުރިހާ ރިސޯޓުތަކަކުންވެސް ހަމަހަމަ އުސޫލަކުން ޑޮލަރު މާރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. މަތީ ފަންތީގެ ރިސޯޓުތަކުގެ ކޮޓަރިތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، ބޮލަކަށް 500 ޑޮލަރު މާރުކުރާ އުސޫލުގެ ދަށުން އެފަދަ ރިސޯޓުތަކުގެ އާމްދަނީއާ އަޅާބަލާއިރު މާރުކުރެވޭ ނިސްބަތް އާދައިގެ ރިސޯޓުތަކަށްވުރެ ކުޑަކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
މި އިސްލާހާއެކު، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އިތުރަށް ބޭންކިން ނިޒާމަށް ވަންނާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ. ރިސޯޓުތަކަށް މި ބަދަލު އައި ނަމަވެސް، "ކެޓެގަރީ ބީ" ގައި ހިމެނޭ ގެސްޓްހައުސްތަކުން ޑޮލަރު މާރުކުރަންޖެހޭ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ، ޑޮލަރުން އާމްދަނީ ލިބޭ "ކެޓެގަރީ ސީ" ގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަންޖެހޭ މިންގަނޑު (ތްރެޝްހޯލްޑް) 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ.
މި މުހިންމު އިސްލާހުތައް ގެނައުމަށް ނިންމާފައިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު