ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމަކީ ސިޔާސީ ގޮތުން ގޮންޖެހުންތަކެއް ހުރި، އާންމުންގެ މެދުގައި މަގުބޫލު ނޫން ނިންމުމަކަށް ވި ނަމަވެސް، ގައުމުގެ މާލީ ދެމެހެއްޓެނިވިކަމަށްޓަކައި އެއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އިނަ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤު ފާހަގަކުރެއްވި ގޮތުގައި، ބްރިޖް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަކީ ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމަށާއި، އޭގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެންމެ އިންސާފުވެރި ގޮތެވެ. މީގެ ސަބަބުން، ހަމައެކަނި ބްރިޖް ބޭނުންކުރާ ފަރާތްތަކަށް އެ ޚަރަދު ހިއްސާކުރެވި، މުޅި ރާއްޖޭގެ ޓެކްސް ދައްކާ ރައްޔިތުންގެ ބޮލުގައި އެ ބުރަ އެޅުން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ޓޯލް ފީ ނެގުމަކީ އާންމު އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފިރާޤު އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން މިފަދަ ނިންމުންތަކަށް ތާއީދު ހޯދުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ހަރުދަނާ ލީޑަޝިޕެއްގެ ޒިންމާއަކީ ހަމައެކަނި މަގުބޫލުކަން ހޯދުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލަށްޓަކައި ދަތި އަދި މުހިންމު ނިންމުންތައް ނިންމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު