މޫސުން ގޯސް ދުވަހެއް
މޫސުން ގޯސް ދުވަހެއް
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށާއި އާންމު ދިރިއުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން، މަގުތަކުން ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން މިހާރު ވަނީ ފަށައިފައެވެ.



މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މީގެ އިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ މި ވިއްސާރައިގައި ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބައެއް ރަށްތަކަށް އުދައަރައި އެކި ކަހަލަ އުމްރާނީ ގެއްލުންތައް ވެސް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު