މިޞްރަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން، އިސްރާއީލުގެ ދެކުނުގެ ސަރަޙައްދުތަކަށާއި މަރުވި ކަނޑު (ޑެޑް ސީ) ގެ ސަރަޙައްދަށް ސިލްސިލާ ލޮޅުންތަކެއް އަރައިފިއެވެ.
ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި މި ލޮޅުންތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ މާއްދީ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މިޞްރުގެ ނެޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ލޮޅުން އައިސްފައިވަނީ ސުއޭޒް ސިޓީގެ އުތުރުން 38 ކިލޯމީޓަރު ބޭރަށެވެ.
އެ އިންސްޓިޓިއުޓުން ބުނި ގޮތުގައި މި ލޮޅުން ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.6 ގައެވެ.
ނަމަވެސް ޖަރުމަނުގެ ޖިއޯސައިންސަސް ރިސާޗް ސެންޓަރު (ޖީއެފްޒެޑް) އިން ރެކޯޑުކޮށްފައިވާ ގޮތުގައި މި ލޮޅުންތަކުގެ ބާރުމިނަކީ 5.4 އެވެ. އަދި ބޫމިކަންޕު އުފެދިފައިވަނީ ބިމުގެ 10 ކިލޯމީޓަރު (6 މޭލު) އަޑީގައެވެ.
މި ލޮޅުންތަކުގެ އިޙްސާސް ކުރެވުނު ސަރަޙައްދުތަކުގައި މިޞްރުގެ ރެޑް ކްރެސެންޓުން ވަނީ ކުއްލި ޙާލަތުގެ އިޖާބަދިނުމުގެ ޕްލޭން އެކްޓިވޭޓްކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ވަނީ ޢިމާރާތްތަކަށް ގެއްލުންވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިނަމަ އެފަދަ ތަންތަނަށް ނުވަނުމަށާއި، ކަމާބެހޭ އިދާރާތަކުން ނެރޭ ރަސްމީ އިރުޝާދުތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ސިނާއީ ބިންގަރަޅި (ސިނާއީ ޕެނިންސިއުލާ) ސަރަޙައްދަށް އައި މިލޮޅުމާއި ގުޅިގެން އިތުރު ލޮޅުމެއް އައިސްދާނެކަމުގެ އިންޒާރެއް ނެރެފައި ނުވާކަމަށް އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުންވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު