ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު އިންތިހާއަށް އިތުރުވެ، އެ އެއާޕޯޓުގެ ތާރީޚުގައި ނުދެކޭފަދަ ބޮޑު ކުރިއެރުމަކާއެކު އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތައް މެދުވެރިކޮށް ޖުލައި މަހު އެކަނިވެސް 2,000 ޓަނަށްވުރެ ގިނަ ޓްރާންޝިޕްމަންޓް މުދާ ވަނީ އުފުލާފައެވެ.
މިއީ އެއާޕޯޓުގެ ތާރީޚުގައި މަހެއްގެ މައްޗަށް މިފަދަ ބޮޑު އަދަދަކަށް މުދާ އުފުލި ފުރަތަމަ ފަހަރަށްވާއިރު، މީގެ ކުރިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މި ނަތީޖާއާއެކު ވަނީ މުގުރާލެވިފައެވެ.
ޚާއްޞަކޮށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ފޮނުވައިދޭ "ސީ-ޓު-އެއަރ" ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިއީ މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލުނު ފަހަރެވެ.
މިފަދަ ބޮޑު ކުރިއެރުމެއް ފެނިގެންދިއުމަކީ އޭޝިއާ އާއި ޔޫރަޕުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި މާކެޓުތައް ގުޅުވައިދިނުމުގައި، އިންޑިއާ ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދައުރު ފުޅާވަމުންދާކަން އަންގައިދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު