2019 ވަނަ އަހަރު ސްރީލަންކާގައި ދިން ނުރައްކާތެރި އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތައް ހުއްޓުވުމުގައި އިހުމާލުވިކަން ސާބިތުވެ، އެގައުމުގެ ކުރީގެ ޕޮލިސް ޗީފް ޕޫޖިތު ޖަޔަސުންދަރާ އާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ހެމަސިރީ ފެރްނާންޑޯ މަރަން ސްރީލަންކާގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައެއްގައި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ރިޕޯޓުތަކުގައިވާގޮތުގައި މި ދެ ބޭފުޅުންގެ މައްޗަށް ޖިނާއީ އިހުމާލުގެ ކުށް ސާބިތުވީ، ހަމަލާދިނުމުގެ ކުރިން އެކަމާ ގުޅޭގޮތުން އިންޓެލިޖެންސް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީއެވެ. ނަމަވެސް، ސްރީލަންކާގައި 1976 ވަނަ އަހަރުން ފެށިގެން މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައިވާތީ، މަރުގެ ހުކުމް އާންމުކޮށް ބަދަލުވެގެންދާނީ އުމުރު ދުވަހުގެ ޖަލު އަދަބަކަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި އެގައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކޭވެސް ތާއީދުކުރައްވަނީ މަރުގެ އަދަބު ތަންފީޒުނުކުރުމުގެ ސިޔާސަތަށެވެ.
މީގެއިތުރުން، މި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ދެ ބޭފުޅުންނަށްވެސް ލިބިގެންވެއެވެ.
2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން މި ހަމަލާތަކުގައި ކޮޅުނބާއި އެހެނިހެން ސަރަހައްދުތަކުގެ ތިން ފަތުރުވެރި ހޮޓަލަކަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވެއެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިންސްޕަޔާވެގެން ދިން މި ހަމަލާތަކުގައި 260 އަށްވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 42 ފަތުރުވެރިންވެސް ހިމެނެއެވެ.
މި ހަމަލާއާ ގުޅިގެން ހެދި ބަރުލަމާނީ ތަހުގީގުތަކުން ދައްކާގޮތުގައި، ހަމަލާދިނުމުގެ ކުރިން އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުން ދީފައިވާ އިންޒާރުތަކަށް ސަލާމަތީ ބާރުތަކުން ސަމާލުކަން ދީފައެއް ނުވެއެވެ.
މި ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި ހަރުކަށި ފިކުރުގެ ގްރޫޕްތަކުގެ އިސް މީހުން މަރުވެފައިވީ ނަމަވެސް، މި ކަމުގައި އެހީތެރިވެދިން އެހެން މީހުންގެ ޝަރީއަތްތައް ވަކިން އަދިވެސް ކުރިއަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު