ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ
ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ، އައްޔަނުކޮށްފިއެވެ.

ޕީސީބީން ބުނީ، މި މަޤާމަށް ނަޒްލީނާ އައްޔަނު ކޮށްފައިވަނީ، 30 ޖުލައި 2026 ވަނަ ދުވަހު ކަމަށެވެ. ނަޒުލީނާ މިވަގުތު ހުންނެވީ، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ، ސީނިއަރ އައި.އެފް.އެމް.އައި.އެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމުގައެވެ.

މަރިޔަމް ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެއް ވެސްމެއެވެ.

އޭނާ ވަނީ، ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާފައެވެ. ސެޕް އެފް.އައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް ނަޒުލީނާ ވަނީ ކުރަށްވާފައެވެ.

އޭގެއިތުރުން ނަޒްލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރަށްވާފައެވެ. އަދި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަ ކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު