ސިނަމާލެ ބުރިޖް: މިއަދު 13:00 ބްރިޖް ހިމެނޭހެން ބައެއް މަގުތައް ބަންދުކުރާނެ
ސިނަމާލެ ބުރިޖް: މިއަދު 13:00 ބްރިޖް ހިމެނޭހެން ބައެއް މަގުތައް ބަންދުކުރާނެ
މިއަދާއި މާދަމާ ބުރިޖާއި ބައެއް މަގުތައް މެންދުރު 13:00 އިން ފެށިގެން ބަންދުކުރަން ނިންމައިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އޮކްޓޫބަރު 26 އަދި 27 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކާއި ގުޅިގެން، މި ދެދުވަހުގެ މެންދުރުފަހު 13:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން އެއާޕޯޓް މަގާއި، ސިނަމާލެ ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތަކާއި ގްރީން ޒޯން ބަންދުވާނެ ކަމަށެވެ.

މިސަރަހައްދުތައް ބަންދު ކުރަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް ބުދަ ދުވަހު ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ކުރިއަށް ގެންދާ ފަރިތަކުރުންތަކަކަށް ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން