ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ)ގެ ތަރުޖަމާނު ސޯރަވް ދާސް އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މަޖިލިސް މެންބަރު ކަންގަނާ ރަނާވަތު،
ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ)ގެ ތަރުޖަމާނު ސޯރަވް ދާސް އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މަޖިލިސް މެންބަރު ކަންގަނާ ރަނާވަތު،
ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނާވަތު، "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ގެ ތަރުޖަމާނު ސޯރަވް ދާސް އަށް ވަރަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ކަންގަނާ މި ރައްދު ދީފައިވަނީ އޭނާގެ މެންބަރުކަމުގެ މަސައްކަތާ ގުޅުވައި ސޯރަވް ދެއްކެވި ވާހަކަތަކަކަށް ފަހުގައެވެ.

ސޯރަވް ދާސް މީގެ ކުރިން ބުނެފައިވަނީ، ކަންގަނާ އަކީ އަމިއްލަ ޕާޓީގެ މީހުންނާއި މި ޒަމާނުގެ ޒުވާނުންވެސް ސީރިއަސްކޮށް ބަލައިގަންނަ މީހެއް ނޫން ކަމަށެވެ. އަދި ކަންގަނާ އަކީ ސީޖޭޕީގެ މުޒާހަރާތަކަށް ފާޑުކިޔާ މީހެއް ކަމަށްވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި ސޯރަވްގެ ވީޑިއޯއެއް ހިއްސާކުރަމުން އޭނާ ބުނީ، ސޯރަވްގެ މަޢުލޫމާތު ގޫގުލް އިން ބަލާލިއިރު އޭނާގެ އުމުރަކީ 28 އަހަރު ކަމަށެވެ. "އޭނާ އެއީ އަދިވެސް ކިޔަވާ ކުއްޖެއް ކަމަށް ދައުވާ ކުރަނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެ. އަހަރެން ސިޔާސީ ދާއިރާގައި މިއުޅެނީ ފާއިތުވި 2 އަހަރު ނަމަވެސް، އާންމުންގެ ތެރޭގައި މަސައްކަތް ކުރާތާ 20 އަހަރު ވެއްޖެ. އޭނާގެ އުމުރުގައި އަހަރެން ވަނީ ދެ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައި،" ކަންގަނާ ލިޔެފައިވެއެވެ.

މީގެ އިތުރުން ކަންގަނާ ބުނީ އޭނާއަކީ ހަމައެކަނި މަޖިލިސް މެންބަރެއް ނޫން ކަމަށާއި، އޭނާއަކީ ފިލްމު އުފައްދާ މީހެއްގެ އިތުރުން އެކްޓަރެއް، ޕްރޮޑިއުސަރެއް، ސްކްރީން ރައިޓަރެއް އަދި ވިޔަފާވެރިއެއް ވެސް ކަމަށެވެ. އެހެންކަމުން މަސައްކަތް ބުރަވެގެން އުޅެން ޖެހޭނެ ކަމަށާއި، ސޯރަވް ފަދަ "ބޭނުމެއް ނެތް، ވަޒީފާއެއް ނެތް" މީހަކަށް އެފަދަ ބުރަ މަސައްކަތެއްގެ މާނަ ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ހޫނުވެފައިވަނީ ދާދި ފަހުން ޒުވާނުން (ޖެން-ޒީ) ކުރި މުޒާހަރާތަކަކަށް ކަންގަނާ ފާޑުކިޔުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ބޭނުންކުރި ބަސްމަގާއި އަމަލުތަކަށް އިޝާރާތްކޮށް ކަންގަނާ ބުނެފައިވަނީ، އެއީ ފެންނަން އޮތް ވަރަށް ހުތުރު މަންޒަރުތަކެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާ އަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

ކަންގަނާގެ މި ފާޑުކިޔުންތައް އައީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާާރަކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯތަކެއް ނެގުމަށް ދިއްލީ ފުލުހުން އެންގުމާ ގުޅިގެންނެވެ. މި ވީޑިއޯތަކަކީ ޖުލައި 20 ވަނަ ދުވަހު ބޭއްވި "ޗަލޯ ސަންސަދު" މާޗާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އާންމުވި ވީޑިއޯތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު