އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ވެރިރަށް ލަކްނޫގައި ހުންނަ "ދާރުލް ސަފާ" ނިއު އެމްއެލްއޭ ރެސިޑެންސް އިމާރާތުގެ ހަތްވަނަ ބުރިން ވެއްޓި، ބާރަތިޔާ ޖަނަތާ ޕަޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ބީޖޭޕީ އޯބީސީ މޯޗާގެ ލީޑަރު ނާނަކް ރާމް ބުރްޖީ މަރުވެއްޖެއެވެ.
އުމުރުން 55 އަހަރުގެ ނާނަކް ރާމް މަރުވީ އަންގާރަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހަޒްރަތުގަންޖް ފުލުހުންގެ ސަރަހައްދުގައި ހުންނަ އެމްއެލްއޭ ރެސިޑެންސްގެ ފަހަތު ފަރާތުގައެވެ.
އިމާރާތުގެ އެސްޓޭޓް އޮފީސަރުގެ ފަރާތުން ފުލުހުންނަށް މިކަން އެންގުމާއެކު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ނާނަކް ރާމް ވަގުތުން ސިވިލް ހޮސްޕިޓަލަށް ގެންދެވުނެވެ.
ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ އަވަހާރަވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިއީ އަމިއްލައަށް ފުރާނަ ދުއްވާލުމަށްޓަކައި އިމާރާތުން ފުއްމާލި ހާދިސާއެއްތޯ ނުވަތަ އޮޅިގެން ވެއްޓުނު ހާދިސާއެއްތޯ ބެލުމަށް އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށެވެ. އިބްތިދާއީ މައުލޫމާތުން އެނގިފައިވާ ގޮތުގައި ނާނަކް ރާމް އުޅުއްވަނީ ޑިޕްރެޝަން ތަހައްމަލު ކުރައްވަމުންނެވެ.
ފުލުހުން މިހާރު ވަނީ އޭނާގެ އާއިލާއަށް މިކަން އަންގައި، މައްޔިތާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު