ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ދަރަޖަ މަތިކުރި ނަމަވެސް، އެއީ އުފާފާޅުކުރަންވީ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ހާލަތު އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "މިނިވަންކަމުން އަޅުވެތިކަމަށް - މާލީ އަދި އިގްތިސާދީ އަޅުވެތިކަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ޒަރިޔަންދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން މި ބަދަލަކީ އެ ފަރާތުގެ ހަރުދަނާ މަސައްކަތުގެ ނަތީޖާގެ ގޮތުގައި ސިފަކުރި ނަމަވެސް، ޒަރިޔަންދު ފާހަގަކުރެއްވީ ފިޗް ރޭޓިންގަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކުރާ މިންގަނޑެއް ކަމަށެވެ.
ޒަރިޔަންދު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރޭޓިންގ 'ސީ' ކެޓަގަރީގައި ދެމިއޮތުމަކީ ބޭރުގެ އިންވެސްޓަރުންނާއި ދަރަނި ދޭ ފަރާތްތަކުން ރާއްޖެއަކީ ދަރަނި ނުދެއްކުމުގެ ބޮޑު ނުރައްކަލެއް އޮތް ގައުމެއްގެ ގޮތުގައި ބަލާކަމުގެ ހެއްކެކެވެ. 'ސީސީ' ނުވަތަ 'ސީސީސީ' ފަދަ ދަރަޖަތަކަކީ ނުރައްކަލުގެ ރަތް ސިގްނަލެއް ކަމަށާއި، މި ހާލަތުން 'ޑީ' ރޭޓިންގއަށް ވެއްޓިއްޖެނަމަ، ގައުމު ރަސްމީކޮށް 'ޑިފޯލްޓް' ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، 'ސީ' އަކުރުގެ ތެރޭގައި ރޭޓިންގަށް އަންނަ ކުޑަ ބަދަލަކުން ހަގީގީ ހައްލެއް ނުލިބޭ ކަމަށާއި، ދަރަނި ނުދެއްކުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމުން މިއީ ފަޚުރުވެރިވާންވީ ކަމެއް ނޫން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު