އެމެރިކާއާއި އިސްރާއީލުގެ ދެގައުމުގެ ރައްޔިތުކަން އޮންނަ މީހަކު މެލޭޝިއާއަށް އެތެރެވުމުން، އެ މީހާ މެލޭޝިއާއިން އަނބުރާ ފޮނުވާލުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންގައިފިއެވެ.
މިއީ އިސްރާއީލުގެ ރައްޔިތުން އެގައުމަށް އެތެރެވުން މަނާކުރުމަށް މެލޭޝިއާއިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.
މެލޭޝިއާގެ ހާރިޖީ ވަޒީރު މުހައްމަދު ހަސަން ކަށަވަރުކޮށްދެއްވި ގޮތުގައި، އެ މީހާ މެލޭޝިއާއަށް އެތެރެވީ އެމެރިކާގެ ޕާސްޕޯޓު ބޭނުންކޮށްގެންނެވެ.
ނަމަވެސް، އިމިގްރޭޝަން އޮފިޝަލުން ކުރިއަށްގެންދިޔަ ބެލުންތަކުން އެ މީހާގެ އަތުގައި އިސްރާއީލުގެ ރައްޔިތުކަންވެސް އޮތްކަން ހާމަވުމާއެކު، އެގައުމުން ވަނީ އޭނާ މެލޭޝިއާއިން ފުރައިގެން ދިއުމަށް އަންގާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، އިސްރާއީލުގެ ރައްޔިތުން މެލޭޝިއާއަށް އެތެރެވުން މަނާކުރުމުގެ ސިޔާސަތަކީ އެގައުމުން އެތައް ދިހައަހަރެއް ވަންދެން ހިފަހައްޓަމުން އަންނަ ސިޔާސަތެއް ކަމަށެވެ.
އަދި މިއީ ޔަހޫދީންނާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް އިސްރާއީލުގެ ރައްޔިތުންނަކީ ފަލަސްތީނާއި ޣައްޒާގެ ރައްޔިތުން މެރުމާއި، ހިންގާ ޖަރީމާތަކާއި، އަނިޔާވެރިކަމުގައި ބައިވެރިވާ ބައެއް ކަމަށްވާތީ އެފަދަ މީހުންނަށް މެލޭޝިއާގެ ފަސްގަނޑަށް އެތެރެވުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އިސްރާއީލުގެ ރައްޔިތުކަން އޮންނަ، އަދި ދެގައުމުގެ ރައްޔިތުކަން އޮންނަ މީހުންވެސް މެލޭޝިއާއިން ވަގުތުން ފޮނުވާލައްވާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ޖުލައި 15 ގައި ވެވަޑައިގެންނެވި ވައުދަށްފަހު ފިޔަވަޅު އަޅާފައިވާ ފުރަތަމަ ފަހަރެވެ.
މި ނިންމުން ނިންމާފައިވަނީ ޖޯހޯރުގެ ފޮރެސްޓް ސިޓީގައި ހިންގާ "ނެޓްވޯކް ސުކޫލް" އާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތަކެއް އުފެދި، ރަސްމީ ތަހުގީގެއް ފެށުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާއިން ވަނީ ހިތްހަމަނުޖެހުން މާފާޅުކޮށްފައެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެލޭޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާޒިރުކޮށް ސުވާލުކޮށްފައެވެ. މީގެއިތުރުން، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ އަށް މެމްބަރަކު ވަނީ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއަށް ސިޓީއެއް ފޮނުއްވައި، މެލޭޝިއާއާއެކު އޮންނަ ސަލާމަތީ އަދި އިގްތިސާދީ ގުޅުންތައް މުރާޖައާކުރުމަށް އެދިވަޑައިގެންފައެވެ.
އަދި 15 ދުވަހުގެ ތެރޭގައި މި ސިޔާސަތު ބަދަލުނުކޮށްފިނަމަ، މެލޭޝިއާގެ އަސްކަރީ ތަމްރީނުތަކަށް އެމެރިކާއިން ދޭ އެހީ މެދުކަނޑާލުމަށްވެސް ގޮވާލާފައިވެއެވެ.
ނަމަވެސް، އެމެރިކާގެ މި ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. މެލޭޝިއާއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުނުވެ، ގައުމުގެ އަމިއްލަ ސިޔާސަތުތައް ތަންފީޒުކުރުމުގެ ހައްގު މެލޭޝިއާއަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެލޭޝިއާއިން ދުވަހަކުވެސް އިސްރާއީލާއެކު ހާރިޖީ ގުޅުމެއް ގާއިމުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު