މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، އެކި ބޭނުންތަކަށް މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން މާލޭގެ ޓްރެފިކްގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިކަން ފާހަގަކުރެއްވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ހުވަދޫ ބަހުން ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ ތާރީޚީ މަސައްކަތެކެވެ.
ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް، ގައުމުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަހައްޓަވާ ޚާއްޞަ އިސްކަމާއި ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި ނައިބު ރައީސް ވަނީ އެމަނިކުފާނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ސަރުކާރުން ދައްކަމުންދާ ސާބިތުކަމަކީ މި ސަރުކާރުގެ ހެޔޮވެރިކަމުގެ ހަރުދަނާ ހެކެއް ކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު