އިނގިރޭސިވިލާތުގެ ލަންޑަންގެ ކެންސިންގޓަންގައި ހުންނަ މެރިއޮޓް ހޮޓެލްގެ ކޮޓަރިއެއްގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އަމީރެއް ކަމަށްވާ އުމުރުން 29 އަހަރުގެ ޢަބްދުﷲ ބިން ފަހަދު ބިން ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ބިން ޖަލާވީ އާލް ސުޢޫދު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އޭނާ މަރުވެފައިވަނީ އާދަޔާޚިލާފު ގިނައިން ބަނގުރާއާއި، ޕާޓީތަކުގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ޖީއެޗްބީ' ގެ އިތުރުން ނަފްސާނީ ބަލިތަކަށް ޑޮކްޓަރުގެ ލަފާގެ މަތިން ބޭނުންކުރާ ބައެއް ބޭސްތައް އެއްކޮށް ބޭނުންކުރުމުގެ ސަބަބުން ހިތް ހުއްޓިގެންނެވެ.
އޭނާގެ ހަށިގަނޑުން ފެނުނު ބަނގުރަލުގެ މިންވަރު ހުރީ އާންމުކޮށް އިނގިރޭސިވިލާތުގައި ކާރު ދުއްވުމަށް ހުއްދަދީފައިވާ މިންވަރަށްވުރެ ތިން ގުނަ މަތީގައެވެ.
މީގެ ކުރިންވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ރިހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާ ހޯދާފައިވާ އަމީރުގެ މަރުގައި އެހެން މީހެއްގެ އަތެއް ނުވާކަމަށާއި، އަދި މިއީ އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ކުރި ކަމެއްކަން ސާބިތުވާން ނެތުމުން، މިއީ އެކްސިޑެންޓަކުން ދިމާވި މަރެއް ކަމަށް ކޯރަނަރު ވަނީ ނިންމާފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ސައުދީ ރޯޔަލް ކޯޓުން ވަނީ އޭނާގެ މަރު ކަށަވަރުކޮށްދީ، ރިޔާޟްގައި ހުންނަ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގައި ކަށުނަމާދު ބާއްވާނެކަން އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު