ކުންފުނިތަކަށް އައްޔަނު ކުރެއްވި ޑިރެކްޓަރުން
ކުންފުނިތަކަށް އައްޔަނު ކުރެއްވި ޑިރެކްޓަރުން
ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުން އައްޔަނުކޮށްފިއެވެ.

މިއަދު މި ބަދަލުތައް ގެނެސްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ޕީސީބީން ޑިރެކްޓަރުން އައްޔަނުކޮށްފައިވާ ކުންފުނިތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ލިމިޓެޑާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ލިމިޓެޑެވެ.

ޕީސީބީން ކުންފުނިތަކުގެ ބޯޑަށް އައްޔަނުކުރި ބޭފުޅުންނަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އަޙްމަދު މާޒިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ޝާހިދު މޫސާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް އަށް މަޢީޝާ އިބްރާހިމް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ޢަބްދުالله ޔާމީން އެވެ.

ޕީސީބީން ބުނީ، މިއީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަ ބަދަލުތަކެއް ކަމަށެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ކުންފުނިތަކަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ޚިދުމަތްދޭ، ނަތީޖާ ނެރެވޭ ތަންތަނަށް ހެދުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު