ރީކޯ މޫސަ
ރީކޯ މޫސަ
އަވައްޓެރި އިންޑިއާގައި ޒުވާން ކިޔަވާކުދިންނާއި އިދިކޮޅު ލީޑަރުން ބައިވެރިވެގެން ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، އެ ޤައުމުގެ ހާލަތާ މެދު ރާއްޖޭގެ ސިޔާސީ ވެރިންނާއި ޕާޓީތަކުން ހަނުހިމޭނުން ތިބޭތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މޫސާ މަނިކު ވިދާޅުވީ، އިންޑިއާގައި ކުރިއަށްދާ މުޒާހަރާތަކުގައި އެތައް ބަޔަކަށް އަނިޔާވަމުންދާއިރު ވެސް، ރާއްޖޭގެ ޑިމޮކްރަސީގެ ބާނީން ކަމަށް ދަޢުވާކުރައްވާ ބޭފުޅުންނާއި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ފެންނަނީ ހައިރާންވާ ފަދަ ހަނުހިމޭންކަމެއް ކަމަށެވެ.





މޫސާ މަނިކު އިތުރަށް ވިދާޅުވީ، މާދަމާވެސް އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީއަށް އެޤައުމުގެ ބޮޑުވަޒީރުކަން ލިބިއްޖެނަމަ، ރާއްޖޭގެ ސިޔާސީ ބޭފުޅުން އޭނާގެ ފަހަތްޕުޅުން ފައްޅިތަކަށް ވެސް އަރައިވަޑައިގަންނަވާނެ ކަމަށް ހީވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ސިޔާސީ ވެރިންގެ އަމަލުތައް ހުންނަނީ ވަގުތާއި ހާލަތަށް ބަލައި އަމިއްލަ އެދުމަށް މަގުފަހިވާ ގޮތަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މި މައްސަލައިގައި ބަހެއް ނުބުނެ ތިބޭ ސަބަބާ ބެހޭގޮތުން މޫސަ ތުހުމަތު ކުރެއްވި ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރާއްޖޭގެ ދެ ޕާޓީން ވެސް ތިބީ އިންޑިއާއާ ގުޅުން ބަދަހިކޮށް، "ދޮންކޮށްގެން" ނެވެ.

އެހެންކަމުން، އިންތިޚާބަށްޓަކައި ޤައުމީ މަޞްލަޙަތާއި ޑިމޮކްރަސީގެ އުޞޫލުތައް އެއްކިބާކޮށް، ހަނު ތިބެނީ ކަމަށް ވިދާޅުވެ އޭނާ ވަނީ "ޑިމޮކްރަސީ" ގެ ނަމުގައި ރާއްޖޭގައި ހިންގާ ސިޔާސީ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް