މިރޭ އޮންނަ ވޯލްޑްކަޕް ފައިނަލް މެޗުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާއިރު، އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗު އޮންނަ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން ވަނީ އެދިފައެވެ. ހަމައެއާއެކު، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވޯލްޑްކަޕްގެ ފޯރި މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ރެއަކު ވެސް ފެންނަމުންދާއިރު، ބޮޑު ސްކްރީންތައް ބަހައްޓައިގެން މެޗުތައް ބެލުމުގެ ހަރަކާތްތައް ދަނީ ކުރިއަށެވެ. އަދި އާންމުކޮށް މެޗުތަކަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން މަގުތަކަށް ނިކުމެ އަޑުގަދަކޮށް ސައިކަލު ބުރުތައް ބޭއްވުމަކީ އާންމު ކަމަކަށް ވީ ނަމަވެސް، މިރޭގެ ފައިނަލް މެޗުގައި ގިނަ ބަޔަކު މަގުތަކަށް އެއްވާނެ ކަމަށް ބެލެވޭތީ، އެހެން އާންމުންނަށް އުނދަގޫ ނުވާނެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ކުރިން އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗާ ގުޅިގެން ވެސް ފުލުހުން މިފަދަ އިލްތިމާސެއް ކޮށްފައިވެއެވެ. ރާއްޖެ ގަޑިން މިރޭގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ދަންވަރު 12:00 ގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު