ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު
ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗު ބޮޑު ސްކްރީނުގައި ބެލުމަށް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވަނިކޮށް، ސަރުކާރުން އެކަން ހުއްޓުވައިފި އެވެ.

މި ހަރަކާތަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިސްނަންގަވައިގެން 1998 ވަނަ އަހަރުން ފެށިގެން، ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކޮންމެ ވޯލްޑްކަޕެއްގައިވެސް ފުވައްމުލަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އުފާވެރި އިޖުތިމާއީ ހަރަކާތެކެވެ.

ފައިސަލް ފައުންޑޭޝަނުން މައުލޫމާތު ދިން ގޮތުގައި، ސްކޫލުގެ ހުއްދަ ލިބިގެން 20 ފޫޓުގެ ސްކްރީނެއް އެސެމްބްލްކޮށް ހޯލު އެއްކޮށް ތައްޔާރުކޮށްފައި ވަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެ ހުއްދަ ބާތިލުކުރިކަން އަންގާފަ އެވެ.

މި ކަމާ ގުޅިގެން ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވަނިކޮށް ކުއްލިއަކަށް ހުއްދަ ބާތިލުކުރުމަކީ ފުވައްމުލަކުގެ ރައްޔިތުންނަށް ސަރުކާރުން ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މިއީ އެ ރައްޔިތުންނަށް ލިބުނު މާޔޫސްކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު