ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށާއި ބޭންކުގެ މާލީ ހަރުދަނާކަން ގެއްލިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމަށްޓަކައި ހިންގާ ނުބައި ތަސައްވުރެއް ކަމަށް ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބޭންކުގެ މާލީ ހިސާބުތަކާއި ތަފާސްހިސާބުތަކާއެކު މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ އެސެޓާއި ޑިޕޮޒިޓް އަދި ޑޮލަރު ވިއްކާ މިންވަރު ވެސް ހުރީ ރެކޯޑު އަދަދުތަކެއްގައި ކަމަށާއި، ބޭންކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ރަށްރަށަށް ދޭ ހިދުމަތްތަކަކީ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެމިއޮންނާނެ ކަންކަން ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ މިހެން ވިދާޅުވީ ބޭންކާ ގުޅޭގޮތުން ފަހަކަށް އައިސް ފެތުރެމުންދާ އެކި ހަބަރުތަކުގެ ހަގީގަތް ހާމަކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅުގައެވެ. ޝަރީފް ވިދާޅުވީ ބޭންކާ މެދު ނުބައި ތަސައްވުރެއް އުފައްދަން ބަޔަކު މަސައްކަތް ކުރި ނަމަވެސް، ބޭންކު ހިންގަނީ ބައިނަލްއަގުވާމީ ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް، އިންތިހާއަށް ހަރުދަނާކޮށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ޑޮލަރުގެ ތަފްސީލުތައް ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ، މިއަހަރުގެ ވޭތުވެދިޔަ ހަމަސް ދުވަހަކީ ބޭންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޑޮލަރު ވިއްކާފައިވާ މުއްދަތު ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖުކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު 37 މިލިއަން ޑޮލަރަށް އަރައި، މިއަހަރު ކޮންމެ މަހަކު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ.
"މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ޝަރީފް ސުވާލު ކުރެއްވިއެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާޑުތަކުން ކުރެވޭ މުއާމަލާތުގެ ލިމިޓުތައް ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު 250 ޑޮލަރުގައި ހުރި ލިމިޓް، 2025 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ބޭރުގެ ހިދުމަތްތަކަށް 1000 ޑޮލަރަށް އަދި ބޭސްފަރުވާއާއި ދަތުރުފަތުރަށް 3000 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށާއި، މި ހިދުމަތް މެދުކެނޑުމެއްނެތި ދެމުން އަންނަނީ ބޭންކުގައި ޑޮލަރު ހުރީތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުގެ މާލީ ހަރުދަނާކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ޖުމުލަ އެސެޓް މިދިޔަ އަހަރު ފުރަތަމަ ފަހަރަށް 50 ބިލިއަން ފަހަނައަޅައި، މިއަހަރު 60 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށެވެ. އަދި ބޭންކުގެ ކެޕިޓަލް 17 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުން ބަހައްޓާފައިވާ ޑިޕޮޒިޓްގެ އަދަދު 41 ބިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ބޭންކުގެ ހަރުދަނާކަން ދައްކުވައިދޭ މުހިންމު މިންގަނޑު ކަމުގައިވާ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ ތިންގުނަ މަތީގައި ހިފަހައްޓާފައިވާ ވާހަކަވެސް ނުދައްކަވަނީ ކީއްވެތޯ؟" ޝަރީފް ސުވާލު އުފެއްދެވިއެވެ.
ބޭންކު ހިންގުމުގައި ސަރުކާރުގެ ނުފޫޒު އޮންނަ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލް ހިންގަނީ ބައިނަލްއަގުވާމީ ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ 4000 އާއިލާއަށް ދެވޭ ވަރަށް ބޮޑު ހިދުމަތެއް ކަމަށާއި، އެފަދަ ކަންކަމަށް ފާޑުކިޔަސް އެ މަސައްކަތުގައި ބޭންކުން ދެމިއޮންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު