ފަސްޓްލޭޑީން ފަޒްނާ، (ކ) ފާތުން  ލައިލާ (މ) އަދި މެމްބަރު ސިރާޖް ( ވ
ފަސްޓްލޭޑީން ފަޒްނާ، (ކ) ފާތުން ލައިލާ (މ) އަދި މެމްބަރު ސިރާޖް ( ވ
އެމްޑީޕީގެ ސަރުކާރުގެ ފަސްޓްލޭޑީންނަކީ ވައްކަން ކުރަން އުޅުއްވާނެ ބޭކަނބަލުން ނޫން ކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ފަސްޓްލޭޑީންނަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބަޔެއް ކަމަށެވެ. ރައީސްގެ އަނބިކަބަލުން "ފަސްޓްލޭޑީ" ފަޒުނާއާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އަކީ ވައްކަން ކުރައްވާނެ ދެ ބޭފުޅުން ނޫން ކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވަނީ ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ސަދަގާތު ފައުންޑޭޝަނުގެ ނަމުގައާއި އެނޫންވެސް އެކި ނަންނަމުގައި ވައްކަން ކުރެއްވި ކަމުގެ ތުހުމަތު އެކަމަނާގެ އިސްތަށިފުޅުގައި އަޅުވާފައެވެ.

"ސަދަގާތު ފައުންޑޭޝަނާއި އެ ނޫންވެސް ނަންނަމުގައި ވައްކަން ކުރިއަސް ފަސްޓްލޭޑީ މެޑަލް ފަޒްނާ އާއި މެޑަމް ލައިލާ ވައްކަން ކުރާކަށް ނޫޅޭނެ." ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އަނބިކަބަލުން ހިންގެވި ސަދަގާތު ފައުންޑޭޝަންގެ ނަމުގައި ފޯރުކޮށްދެއްވި އިޖްތިމާއީ ޚިދުމަތްތަކަށް އިޝާރަތް ކުރައްވަމުން ސިރާޖް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ކަން ކުރެއްވި ފަސްޓްލޭޑީންނާއި ޚިލާފަށް ރައީސް ޔާމިންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ފާހަގަކުރެވިފައިވަނީ އިޖްތިމާއީ މަސައްކަތްތަކެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވެފައިތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދެއްވި ބޭކަނބަލެއްގެ ގޮތުގައެވެ. އެގޮތުން ޚިތާނީ ކޭމްޕް ބޭއްވުމާއި ކަދުރު ބެއްސެވުމާއި މިސްކިތް ބިނާކުރެއްވުމާއި އެކަނިވެރި މައިންނަށް ބޮޑެތި އެހީތައް ދިނުނަށް އެކި ޕްރޮގްރާމްތައް މެޑަމް ފާތުން ހިންގެވިއެވެ. ނަމަވެސް ސަދަގާތު ފައުންޑޭޝަންގެ ނަމުގައި އެކި ކަހަލަ އެހީތައް ދިނުމާއި ޕްރޮގްރާމްތައް ހިންގުމުގައި ދައުލަތުގެ ފައިސާ އާއި މުދަލާއި ވަސީލަތްތައް ބޭނުންކުރެއްވި ކަމުގެ ތުހުމަތު އެކަމަނާގެ މައްޗަށް ކުރެވިފައިވެއެވެ.

އެހެން ނަމަވެސް މެޑަމްގެ ސަދަގާތު ފައުންޑޭޝަނުން އެކަން ދޮގުކުރެއެވެ. އެފައުންޑޭޝަނުން ބުނަނީ އެ އެހީތަކަކީ ހެއު އެދޭ އެކި ފަރާތްތަކުން އެ ފައުންޑޭޝަނަށް ހަދިޔާ ކުރާ ފައިސާ އިން ދޭ އެހީތަކެއް ކަމަށެވެ.

މެޑަމް ފާތުން ހިންގެވި އިޖުތިމާޢީ ހަރަކާތްތަކާއި ދެއްވި އެހީތަކުގައި ދައުލަތުގެ މުދަލާ ފައިސާ ބޭނުން ކޮށްފައި ވާކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެފަދަ މައްސަލައެއް ޝަރުޢީ މަރުހަލާގެ ތެރެއިން އަދި ސާބިތު ކުރެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު