ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ވީ އެންމެ އަވަހަކަށް ގައުމަށް އެނބުރި ވަޑައިގަތުމަށް އެ ގައުމުގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައި.ސީ.ޓީ) ގެ ޗީފް ޕްރޮސެކިއުޓަރ އެމް.ޑީ އަމީނުލް އިސްލާމް ގޮވާލައްވައިފިއެވެ.
ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް އަމީނުލް އިސްލާމް ވިދާޅުވީ، ހަސީނާ އެނބުރި ވަޑައިގަންނަވާނީ ޑިސެމްބަރު މަހު ނުވަތަ ޖެނުއަރީ މަހުތޯ ނިންމަވާނީ ހަސީނާ އަމިއްލައަށް ކަމަށާއި، ނަމަވެސް ބަންގްލަދޭޝްއިން ބޭނުންވަނީ މާދަމާވެސް އޭނާ ގައުމަށް ގެންނަން ކަމަށެވެ.
އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ ދައުވާގައި، މިދިޔަ އަހަރު އައި.ސީ.ޓީ އިން ވަނީ ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.
ޗީފް ޕްރޮސެކިއުޓަރ އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ހަސީނާ އެނބުރި ގައުމަށް ގެނެސްފިނަމަ، އޭނާ ސީދާ ގެންދާނީ ޖަލަށް ކަމަށެވެ. އަދި ކޯޓަށް އަމިއްލައަށް ހާޒިރުވެ އިއުތިރާފުވުމުގެ ގާނޫނީ ފުރުސަތެއް އޭނާއަށް ނޯންނާނެ ކަމަށްވެސް އަމީނުލް އިސްލާމް ފާހަގަކުރެއްވިއެވެ.
"އޭނާ ހުންނެވީ އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށްވާނަމަ، އަމިއްލަ އިހުތިޔާރުގައި އެނބުރި ވަޑައެއް ނުގަނެވޭނެ. އެއްބަސްވުމުގެ ދަށުން އޭނާ ބަންގްލަދޭޝްއާ ހަވާލުކުރަން ޖެހޭނެ،" އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގައި އިތުރު ހަމަނުޖެހުން އުފެއްދުމަށް ނުވަތަ އެއްވެސް ކަހަލަ ސިޔާސީ "ސްޓަންޓެއް" ނުޖެއްސުމަށް އަމީނުލް އިސްލާމް ވަނީ ހަސީނާއަށް އިންޒާރު ދެއްވާފައެވެ. އަދި 2024 ވަނަ އަހަރު ހިނގި ޖަމާއީ ތެދުވުމުގައި ހިންގާފައިވާ ޖަރީމާތަކުގެ ޝަރީއަތްތައް، ތާރިގް ރަހްމާންގެ ލީޑަރޝިޕްގެ ދަށުން ބާރަށް ކުރިއަށްދާ ކަމަށާއި، މި ޝަރީއަތްތަކަކީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ނޫން ކަމަށާއި މުއައްސަސާތަކުގެ ފެންވަރުގައިވެސް ކުރިއަށްދާނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު