މަސްތުވާ ތަކެއްޗާއި އެއްކޮށް ސައުދީ އަރަބިއާއިން އަތުލައިގަތް އިތިއޯޕިއާގެ ތިން މީހުން
މަސްތުވާ ތަކެއްޗާއި އެއްކޮށް ސައުދީ އަރަބިއާއިން އަތުލައިގަތް އިތިއޯޕިއާގެ ތިން މީހުން
ސައުދީ އަރަބިއްޔާގެ ރިޔާޟް ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު އިތިއޯޕިއާގެ ތިން ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

ސައުދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލް (ޖީ.ޑީ.އެން.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުލައިގަތީ މަސްތުވާތަކެތި ފަތުރައި ވިޔަފާރިކުރަނިކޮށެވެ. މި އޮޕަރޭޝަނުގައި އެ މީހުންގެ އަތުން 3 ކިލޯގެ ހަޝިޝްގެ އިތުރުން، ސައުދީގައި ކޮންޓްރޯލްކޮށްފައިވާ މަނާ ބޭހުގެ 31,588 ގުޅަ ވަނީ އަތުލައިގަނެފައެވެ.

މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ނިންމުމަށްފަހު، މި ތިން މީހުން މިހާރު ވަނީ ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާފައެވެ. މިއީ ސައުދީ އަރަބިއްޔާއިން މަސްތުވާތަކެތީގެ ވަގުފާރިއާ ދެކޮޅަށް މުޅި ގައުމުގައި ހިންގަމުންދާ ވަރުގަދަ ކެމްޕޭނުގެ ދަށުން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށްޓަކައި، އެފަދަ އެއްވެސް އަމަލެއް ފެނިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ސައުދީ ސަރުކާރުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް