މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާފި ކުރަމުންދިޔަ ފިހާރަ، ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާފި ކުރަމުންދިޔަ ފިހާރަ، ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގެ މަގުމަތީގައި އާންމުންނަށް އުނދަގޫވާ ގޮތަށް މުދާ ބަހައްޓައިގެން ވިޔަފާރިކުރަމުންދިޔަ ފިހާރައެއް ހުއްޓުވައި، އެ ފިހާރަ ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވަނީ ކުރިކީލަ މަގުގައި ހުންނަ "މއ. ބަރުރާ މާޓު" ކިޔާ ފިހާރައަކަށެވެ. އެ ފިހާރައިން ވަނީ މަގުމަތީގައި ތަކެތި އަތުރައިގެން ވިއްކުމުގެ އިތުރުން، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ޕޭވްމަންޓްގެ ބޮޑު ބައެއް ބޭނުންކޮށްފަ އެވެ.

ކައުންސިލުން ބުނީ، އެ ފިހާރައިގެ ބޭރުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް މީގެ ކުރިން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ނަމަވެސް، ކައުންސިލްގެ އެންގުންތަކަށް އެ ފަރާތުން އިޖާބަދީފައި ނުވާތީ، ގަވާއިދުގެ ދަށުން އެ ފިހާރަ މިހާރު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެހެންނަމަވެސް، އެ ފިހާރަ ޖޫރިމަނާކުރި ސީދާ އަދަދެއް ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

ކައުންސިލުން އިތުރަށް ބުނީ، މަގުމަތީގެ ތަރުތީބު ގެއްލޭ ގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ފަސްޖެހުމެއް ނެތް ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، ވިޔަފާރިވެރިންވެސް ކަނޑައެޅިފައިވާ ގަވާއިދުތަކަށް ބޯލެނބުމަށް އިލްތިމާސްކުރާ ކަމަށެވެ.

މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ރައްކާތެރި ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މާލޭގެ މަގުތަކާއި، ޕޭވްމަންޓްތަކާއި، ބަނދަރު ސަރަހައްދުތަކުގެ އިތުރުން އާންމު އެހެން ތަންތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް