ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު އެ އޮތޯރިޓީން މިއަދު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން އެލްޖީއޭ ބޯޑަށް ތިން މެންބަރަކު އިންތިޚާބު ކުރަން ޖެހެއެވެ. އެލްޖީއޭއިން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރެކެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާން އެދޭ ފޯމު އެލްޖީއޭގެ އީމެއިލަށް ފޮނުވޭނެ ކަމަށާއި، އީމެއިލް ކުރަން ދަތިވާ ފަރާތްތަކަށް އޮތޯރިޓީއަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ފޯމު ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި ފޯމު ބަލައިގަތްކަން ނުވަތަ ނޫންކަން އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ. އަދި ފޯމުގައި މައްސަލައެއް އުޅޭނަމަ އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތުވެސް ދިނުމަށް ވަނީ ނިންމާފައެވެ.
އެލްޖީއޭ ބޯޑުގެ މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 11 ވާ އަންގާރަ ދުވަހުއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު