ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ އެޤައުމުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، ޢުމުރުފުޅުން 74 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.
އަމީރު އަވަހާރަވިކަން އިޢުލާންކޮށްފައިވަނީ އެޤައުމުގެ އަމީރީ ދީވާނުން މިއަދު ނެރުއްވި ރަސްމީ ބަޔާނެއްގައެވެ. އާދީއްތަ ދުވަހުގެ ހެނދުނު ނެރުއްވި މި ބަޔާނުގައި ވިދާޅުވެފައިވަނީ، މާތްﷲގެ މިންވަރުފުޅަށް ފުރިހަމައަށް އީމާންވެ ތިބެ، ޤައުމަށް ލިބުނު މި ބޮޑު ހިތާމަ އިޢުލާން ކުރާ ކަމަށެވެ. އަދި "ފާދަރ އަމީރު" ގެ ލަޤަބު ދެވިފައިވާ ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އަމީރީ ދީވާނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މާތްﷲގެ މިންވަރުފުޅާއި ޤަޟާޤަދަރަށް ފުރިހަމައަށް އީމާންވެ އިޚްލާޞްތެރިކަމާއެކު، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އަމީރީ ދީވާނުން ބައިވެރިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު
ކުރެއްވުމަށް އެދި ދީވާނުން ވަނީ ދުޢާ ކުރައްވާފައެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ, ޤަޠަރު, ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ސަފަށް ގެންގޮސްދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި، އެޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ބަދަލުތަކުގެ މޭސްތިރިއެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޤަޠަރުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، އިސްލާމީ އެކި ޤައުމުތަކުގެ ވެރިން ދަނީ ޤަޠަރުގެ އަމީރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވަމުންނެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު