"ޑޮން ޑޮން" ބުއިންތައް
"ޑޮން ޑޮން" ބުއިންތައް
1980ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި އިންތިހާއަށް މަގްބޫލުކަން ހޯދި، އެތައް ބައެއްގެ ހަނދާންތަކާ ގުޅިފައިވާ ލޯބިވާ "ޑޮން ޑޮން" ބުއިންތައް އަލުން މާލޭގެ ބާޒާރަށް އަތުވެއްޖެ އެވެ. އެދުވަސްވަރު ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް އެންމެ ޚާއްސަ އެއް ބުއިމުގެ ގޮތުގައި ފާހަގަކުރެވުނު "ޑޮން ޑޮން" އަކީ އޭރުގެ ދިވެހި ކޮންމެ ގެއެއްގެ އުފާވެރި ވަގުތުތަކުގެ ބައިވެރިއެކެވެ.

މިއަދު މި ބުއިން އަލުން މާކެޓަށް މި އައީ، އޭރުގެ އެ ފޮނި ހަނދާންތައް އާކޮށްދެމުން، މިއަދުގެ ޖީލުގެ ޒުވާނުންނަށާއި ކުޑަކުދިންނަށް ވެސް ހާއްސަ ރަހަތަކަކާ އެކުގަ އެވެ.



​މި އުފާވެރި ޚަބަރާއެކު، އާންމުންނަށް މި ބުއިން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ރީޓެއިލްކޮށް މި ބުއިންތައް ބޭނުންވާ ފަރާތްތަކަށް، ގުލާބީ މަގުގައި ހުންނަ "އަލްބިޔާ ޓައުން" ފިހާރައިން މިހާރު ލިބެން ހުންނާނެ އެވެ. ހޯލްސޭލްކޮށް މި ބުއިތަށް ހޯލްސޭލް ޕޮއިންޓް މުހައްމަދު އިސްމާއިލް ދީދީ ގޯޅި ބާޒާރުމަތިން ލިބޭނެއެވެ. ހޯލްސޭލް އާ ބެހޭ މައުލޫމާތު ސާފުކޮށްލުމަށް ހޯލްސޭލް ޕޮއިންޓް ފިހާރައިގެ ނަންބަރު 7954774 އަށް ގުޅާލުމުން އިތުރު މައުލޫމާތުވެސް ލިބިގެން ދާނެއެވެ.



ކުރީގެ އެ އަސްލު ރަހަތަކުގެ އިތުރުން، މިހާރުގެ ޒުވާނުން (ޖެންޒީ) އާއި ކުޑަކުދިންގެ ޝައުގުވެރިކަމަށް ރިއާޔަތްކޮށް، ތަފާތު އެކި ވައްތަރުގެ ރަހަތައް މި ލައިންއަޕްގައި ހިމެނެ އެވެ. އާއިލީ ބައްދަލުވުންތަކަށާއި، ކުޑަކުދިންގެ ޕާޓީތަކަށް އަދި ހޫނު ގަދަ ދުވަސްތަކުގައި ފިނިކޮށްލަން އެންމެ އެކަށީގެންވާ މި ބުއިންތައް މިހާރު ވަނީ އަލްބިޔާ ޓައުންގެ ރެކްތަކުން ޖާގަ ހޯދާފަ އެވެ. މި ބުއިމަކީ ވޯލްޑް ކަޕް ބަލަން ތިބޭއިރު ބޯލަން ހަމަ މަރެކެވެ.

​ވީމާ، 80ގެ އަހަރުތަކުގެ އެ ފޮނި ހަނދާންތައް އާކޮށްލަން ބޭނުންވާ ފަރާތްތަކުންނާއި، އާ ރަހަތަކެއް ތަޖުރިބާކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކުން ވެސް ވީހާވެސް އަވަހަކަށް ގުލާބީ މަގުގައި ހުންނަ އަލްބިޔާ ޓައުން ފިހާރައަށް ޒިޔާރަތްކޮށް، "ޑޮން ޑޮން" ބުއިންތައް ބައްލަވައިގަތުމަށް ދައުވަތު އަރުވަމެވެ. މިއީ ހަމަ ޔަގީނުންވެސް ތިޔަބޭފުޅުންގެ ހަނދާންތައް އާކޮށްދޭނެ ފޮނި ރަހައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް