ރާއްޖެ ފަދަ ގައުމުތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ހަމައެކަނި ނަމަކަށް ނުވަތަ ޝަރަފަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވާނެންސް" ސަމިޓުގައި ވާހަކަދައްކަވަމުންނެވެ. މި ސަމިޓުގައި މިނިސްޓަރު ވަނީ ރާއްޖެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ގައުމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލު ބައިނަލްއަގުވާމީ މުޖުތަމައާ ހިއްސާކުރައްވާފައެވެ.
މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، "މޯލްޑިވްސް 2.0" ގެ ތަސައްވަރުގެ ދަށުން ސަރުކާރުގެ އަމާޒަކީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމެވެ. މި ބަދަލުތައް ބިނާވެފައިވަނީ މައުލޫމާތުގެ ރައްކާތެރިކަމާއި، ސައިބާސެކިއުރިޓީ ކަށަވަރުކުރުމުގެ އިތުރުން ޒިންމާދާރުކުރަނިވި ނިޒާމެއްގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭއައިގެ އެހީތެރިކަމާ ނުލައި މުޖުތަމައުގައި ހަމަހަމަކަން ކަށަވަރުކުރުމަށް ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭއައިގެ ކުރިއެރުން ބިނާވަނީ ހަމައެކަނި މޮޅެތި ސިސްޓަމްތަކަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭގެ ހަގީގީ ނަތީޖާއަކީ އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އޭއައިގެ ބޭނުން ހަމައެކަނި އެންމެ ބާރުގަދަ ފަރާތްތަކަށް ކުރެވޭ ގޮތަށް އޮތުމުގެ ބަދަލުގައި، އެންމެންނަށްވެސް ބޭނުންކުރެވޭނެ ފަދަ ހަމަހަމަ ގޮތަކަށް އޭއައި ތަރައްގީކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޔުނެސްކޯއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާ ކަމަށާއި، އޭއައިގެ ދާއިރާއިން އިތުރު ދިރާސާތައް ކުރުމަށްޓަކައި "މޯލްޑިވްސް އޭއައި ލެބް" މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު