އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ގައި ބައިވެރިވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މަހާސިންތާއަކީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ބަރަކާތްތެރި މުނާސަބަތާ ގުޅުވައިގެން، އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ޤައުމީ ފެންވަރުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުވަމުންދާ ވަރަށް ޚާއްޞަ ހަރަކާތެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަހާސިންތާގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި ޒުވާން ޚަޠީބުންގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްފައިވާ ޙާފިޡުންނަށާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށްވެސް މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން އިރުޝާދު ދެއްވާފައިވަނީ ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށެވެ.
މި މަހާސިންތާގެ އެންމެ ޚާއްޞަ އެއް ކަމަކީ، މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚު ޑޮކްޓަރ ޔާސިރް އައްދައުސަރީއަށް މިނިސްޓްރީން ރަސްމީކޮށް ދަޢުވަތު އަރުވާފައިވުމެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގައި އިސްދައުރެއް އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޡުންނަށް ނުހަނު މުހިންމު މުނާސަބަތަކަށް ވެގެންދާނެ ކަމަށެވެ.
މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި މިވަގުތު ތަމްރީނުވެފައިވާ 621 ޒުވާން ޚަޠީބުން އެބަތިއްބެވެ. އަދި ޤުރުއާން ހިތުދަސްކޮށްފައިވާ 310 ޙާފިޡުން ތިބިކަންވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

BEL
ކިޔުންތެރިންގެ ހިޔާލު