ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ސައިންޓިފިކް ގޮތުން ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައިނުވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ބިންހެލުމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން މެޓް އޮފީހުން ބުނީ، ބިންހެލުން އަންނާނެ ސީދާ ވަގުތަކީ ނުވަތަ ތާރީޚަކީ ކޮބައިކަން އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އެހެންނަމަވެސް، ދިގު މުއްދަތަކަށް ބަލައި، ބިންހެލުން އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
ރާއްޖެއާ ކައިރީގައި އޮންނަ ކާލްސްބާގު ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ދޮގު މައުލޫމާތެއްކަން މި ބަޔާނުން ކަށަވަރުވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އެ އިދާރާއިން އަންނަނީ ބިންހެލުންތަކުގެ މައުލޫމާތު މެދުކެނޑުމެއްނެތި މޮނިޓަރ ކުރަމުން ކަމަށާއި، ރާއްޖެއަށް އަސަރުކޮށްފާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމަށެވެ.
ކާލްސްބާގު ރިޖަކީ ދޭތެރެއަކުން ކުދި ބިންހެލުންތައް އަންނަ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ ޖުލައި 15، 2003 ގައި ކަމަށް ތާރީޚީ ރެކޯޑުތަކުން ދައްކައެވެ.
ބިންހެލުމަކީ ޓެކްޓޯނިކް ޕްލޭޓްތަކުގެ ހަރަކާތްތަކާ ގުޅިގެން އުފެދޭ ގުދުރަތީ ކާރިސާއެއްކަން ފާހަގަކުރަމުން، މިކަމާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެއެވެ.

There are currently social media posts and messages circulating that claim to predict upcoming earthquakes. These claims are false. pic.twitter.com/BqZh9ZSXtd
— Maldives Meteorology (@MetMaldives) July 5, 2026
އެހެންނަމަވެސް، ދިގު މުއްދަތަކަށް ބަލައި، ބިންހެލުން އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
ރާއްޖެއާ ކައިރީގައި އޮންނަ ކާލްސްބާގު ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ދޮގު މައުލޫމާތެއްކަން މި ބަޔާނުން ކަށަވަރުވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އެ އިދާރާއިން އަންނަނީ ބިންހެލުންތަކުގެ މައުލޫމާތު މެދުކެނޑުމެއްނެތި މޮނިޓަރ ކުރަމުން ކަމަށާއި، ރާއްޖެއަށް އަސަރުކޮށްފާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމަށެވެ.
ކާލްސްބާގު ރިޖަކީ ދޭތެރެއަކުން ކުދި ބިންހެލުންތައް އަންނަ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ ޖުލައި 15، 2003 ގައި ކަމަށް ތާރީޚީ ރެކޯޑުތަކުން ދައްކައެވެ.
ބިންހެލުމަކީ ޓެކްޓޯނިކް ޕްލޭޓްތަކުގެ ހަރަކާތްތަކާ ގުޅިގެން އުފެދޭ ގުދުރަތީ ކާރިސާއެއްކަން ފާހަގަކުރަމުން، މިކަމާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެއެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު