ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ ފާސްތައް އުސޫލުން ބޭރުން ބޭނުންކުރާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ.
އެމްއޭސީއެލް އިން މި އިންޒާރު ދީފައިވަނީ އެއާޕޯޓުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނާއި ކަމާބެހޭ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެ ކުންފުނިން ބުނީ، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުމަށް ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރާ އެއްޗެއް ނަމަވެސް، ބައެއް މުވައްޒަފުން އޮޕަރޭޝަނަލް ބޭނުމަކާ ނުލައި ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށާއި ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ރައްކާތެރިކަމަށް ބުރޫއަރައި، އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވާ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ. އަދި މީގެ ސަބަބުން އެއާޕޯޓާއި ކަސްޓަމްސްގެ ދުވަހީ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ނުވަނުމަށާއި، މަސައްކަތުގެ ޒިންމާއެއް އޮވެގެން ނޫނީ ފަސިންޖަރުންނާ ވާހަކަނުދެއްކުމަށް މިހާރު ވަނީ އަންގާފައެވެ.
ވީއައިއޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އަމަލުކުރުމަށް އެމްއޭސީއެލް އިން ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު