ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިސާ ބަދަލުކުރާ ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރި ސޫޓްކޭހެއް ވަޅިން ބިރުދައްކައި ފޭރުނު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެއާޕޯޓުގެ ޓާމިނަލް އެކެއްގެ ކުރިމަތީގައެވެ. ބީއެމްއެލްގެ ދެ މުވައްޒަފަކު ފައިސާ ހުރި ސޫޓްކޭސް ހިފައިގެން ތިއްބައި، ތޫނު އެއްޗަކުން ބިރުދައްކައި އެ ފޭރުނު މައްސަލައިގައި ދައުލަތުން ވަނީ ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލައި، މިދިޔަ ފެބްރުވަރީ މަހު ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގެ ދައުވާގެ އިތުރުން އާންމު ތަނެއްގައި މަގުބޫލު ސަބަބެއް ނެތި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެވެ. މީގެ އިތުރުން ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ދައުވާއާއި ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވެއެވެ.
މި މައްސަލައިގައި ދެން ދައުވާ ލިބޭ ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު، ލ. މާވައް، ރޭޝަމް، މާޒިން މޫސާ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް އަދި ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ފޭރުމުގެ އަމަލުގެ ތެރޭގައި އެކި ގައުމުތަކުގެ ބޮޑެތި އަދަދުތަކުގެ ފައިސާ ވަނީ ފޭރިގަނެފައެވެ. އޭގެ ތެރޭގައި 106,120 އެމެރިކާ ޑޮލަރާއި، 4,900 ޔޫރޯއާއި، 334,000 ޖަޕަނީސް ޔެންގެ އިތުރުން ޕައުންޑް، ސިންގަޕޯ ޑޮލަރު، އޮސްޓްރޭލިއަން ޑޮލަރު އަދި ދިވެހި ރުފިޔާ ވެސް ހިމެނެއެވެ.
މި މީހުން ފައިސާ ފޭރުމަށްފަހު ފިލައިގެން ގޮސްފައިވަނީ ލޯންޗެއްގައި ކ. ހުރާއަށެވެ. ފުލުހުން ފަހުން ވަނީ އެ ލޯންޗު ހޯދައި، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތަކެއް ހޯދާފައެވެ. ދައުލަތުން ކޯޓުގައި އެދިފައިވަނީ، މި ޖިނާއީ އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށެވެ. މިއަދު ފެށި ޝަރީއަތުގައި ވަނީ ދައުވާލިބޭ ފަރާތްތަކަށް ދައުވާ އިއްވައި، މައްސަލައިގެ އިޖުރާއީ ކަންކަން ކުރިއަށް ގެންގޮސްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު