އިންޑިއާގެ މަޝްހޫރު މިއުޒިޝަން އަދި މޯޓިވޭޝަނަލް ސްޕީކަރެއް ކަމަށްވާ ބެނީ ޕްރަސާދު ވަނީ ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ 195 ގައުމަށް އޭނާ ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 16 ޕާސްޕޯޓު ބޭނުންކޮށްގެންނެވެ.
ބެނީގެ މި ކާމިޔާބީ އިތުރަށް ފާހަގަކޮށްލެވެނީ އޭނާ މި ލަނޑުދަނޑި ހާސިލްކުރި އަވަސްމިނުގެ ސަބަބުންނެވެ. އޭނާ ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކޮށް ނިންމާލީ އެންމެ 6 އަހަރާއި، 6 މަހާއި، 22 ދުވަހުގެ ތެރޭގައެވެ. މިއީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ރެކޯޑެކެވެ.
އޭނާ އަމިއްލައަށް އުފައްދާފައިވާ، ގިޓާ އާއި އިންޑިއާގެ ތަބްލާ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ "ބޮންގޯ ގިޓާ" އާއެކު ބެނީ ވަނީ ދުނިޔޭގެ 245 އަށްވުރެ ގިނަ ގައުމުތަކާއި، ސަރަހައްދުތަކާއި އަދި ޖަޒީރާ ރަށްތަކުގައި މިއުޒިކް ކުޅެފައެވެ. އޭނާގެ މި ދަތުރުތަކުގެ މައިގަނޑު މަގްސަދަކީ މިއުޒިކް މެދުވެރިކޮށް އުންމީދާއި، ސުލްހަވެރިކަމާއި، ކެތްތެރިކަމުގެ މެސެޖުތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމެވެ.
މި ދަތުރުތަކުގައި ވިސާ ހޯދުމުގެ އުނދަގޫތަކާއި، ބަހުގެ ހުރަސްތަކުގެ އިތުރުން މާލީ ގޮންޖެހުންތަކާވެސް އޭނާއަށް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މި ހުރިހާ ހުރަސްތަކަކާއެކުވެސް އޭނާ ދެއްކި ސާބިތުކަމާއި ހިތްވަރުގެ ސަބަބުން މިއަދު އޭނާވެފައިވަނީ އެތައް މިލިއަން ބަޔަކަށް ނަމޫނާ ދައްކައިދިން ފަރާތަކަށެވެ.
ބެނީ ޕްރަސާދުގެ މި އާދަޔާޚިލާފު ކާމިޔާބީއަކީ ވަރުގަދަ އަޒުމަކާއި، އިތުބާރަކާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ބޮޑު ހުވަފެނެއްވެސް ހަގީގަތަކަށް ހެދިދާނެކަމުގެ ދިރިހުރި މިސާލެކެވެ. އޭނާ މިއަދު ބަލައިގަނެވެނީ ކެތްތެރިކަމާއި ހިތްވަރުގެ ރަމްޒެއްގެ ގޮތުގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު