އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް (އެމްއެސްއެމްއީ ޑޭ) އާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށާއި، ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީއށ ގުޅިގެން އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި "އެމްއެސްއެމްއީ ފެސްޓް" ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދިޔަ މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލެއް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުގެ ޒަރީއާއިން ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި އިރުޝާދު ވަނީ ފޯރުކޮށްދީފައެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގުނު މި ހަރަކާތްތަކުގެ ތެރެއިން އައު ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތެރި ޚިޔާލުތައް ހުށަހެޅުމާއި، ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކާ މެދު ފަންނީ ބޭފުޅުންނާ މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެގެންދިޔައެވެ. އަދި މިއީ މިފަދަ މަސައްކަތްތަކުގެ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ހުރިހާ މަސައްކަތްތަކެއް ބިނާވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ސަރުކާރުން ގެންގުޅޭ 'މޯލްޑިވްސް 2.0' ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދާދިފަހުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ފަހިވެގެން ދިއުމަކީވެސް މި ޕްރޮޖެކްޓުގެ ދަށުން ވިޔަފާރިތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް އިސްކަންދެއްވާ 'ކްރިއޭޓިވް އިކޮނޮމީ' ނުވަތަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ޒުވާނުންގެ އުފެއްދުންތައް މާކެޓްކޮށް، އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޑިޖިޓަލް ޕްލެޓްފޯމްތައް ރާއްޖެއަށް ތަޢާރަފްކޮށް، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު މުޙައްމަދު ސައީދު ދެއްވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު