ދައުލަތުގެ މާލީ ހާލަތު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިގްތިސާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ އެއްވެސް ޚިދުމަތެއް ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް ބަލައިގެން ކަމަށެވެ. އަސާސީ ޚިދުމަތްތަކުން އަތްދޫކޮށްލައިގެން މާލީ ތަނަވަސްކަން ހޯދުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި، އެއީ މި ސަރުކާރުގެ އަސާސްތަކާ ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ގައުމުގެ މާލީ ހާލަތު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައިކަން ގަބޫލުކުރައްވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެ ހާލަތުން އަރައިގަތުމަށްޓަކައި ޒިންމާދާރު އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބޭރުގެ ދަރަނިތައް ދެއްކުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދަރަންޏެއް ޑީފޯލްޓް ވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ. އެހެންކަމުން ބޭރުގެ ދަރަނިތައް މެނޭޖްކުރުމަށް އަޅުގަނޑުމެން މިދަނީ ބޮޑު އިސްކަމެއް ދެމުން،" ތަރުޖަމާނު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ބޭރުގެ ދަރަނި މިހާރު ހުރީ މެނޭޖްކުރެވޭ ފަދަ ހާލަތެއްގައެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ދައްކަންޖެހޭ ދަރަނީގެ ފައިސާ ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.
އެތެރޭގެ ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު އެއްބަސްވެވަޑައިގެންނެވީ، ޑޮމެސްޓިކް ޑެޓް ނުވަތަ އެތެރޭގެ ދަރަނި މިވަގުތު ހުރީ ސަރުކާރުން ބޭނުންވާ މިންވަރަށްވުރެ މަތީގައި ކަމަށެވެ. އެ ދަރަނި ކުޑަކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާ ފުރިހަމަވުމުން، ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަވެ، ގައުމުގެ މާލީ ހާލަތު އުންމީދީ މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު