މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީން ކުރަމުންދާ އިހުތިޖާޖުތަކަކީ މަޖިލީހުގެ މަސައްކަތްތަކަށް ގަސްތުގައި ހުރަސްއެޅުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގައި އެމްޑީޕީން އެދުނު ގޮތަށް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް އެއްވެސް ކޮމިޓީއަކުން ޖާގަ ނުދިނުމާ ގުޅިގެން، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި އެ ޕާޓީގެ މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، 20 ވަނަ މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 12 މެމްބަރުން ކަމަށާއި، އެއީ މުޅި މަޖިލީހުގެ އެންމެ 13 އިންސައްތަ ކަމަށެވެ. ނަމަވެސް، މިހާރުވެސް ކޮމިޓީތަކުގެ 13.7 އިންސައްތަ ޖާގަ އެމްޑީޕީއަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަޖިލީހުގެ އެންމެ މުހިންމު މަސައްކަތްތައް ކުރާ މާލިއްޔަތު ކޮމިޓީގެ 18 އިންސައްތަ އަދި އިޤްތިސާދީ ކޮމިޓީގެ 27 އިންސައްތަ ޖާގަ އެމްޑީޕީއަށް ވަނީ ދެވިފަ. އެމްޑީޕީ މެމްބަރުން މަޖިލީހުގައި ތިއްބެވި އަދަދަށް ބަލާއިރު މި ދެ ކޮމިޓީން އަސްލު އެމްޑީޕީއަށް ދޭން ޖެހޭނީ އެންމެ ޖާގައެއް،" އަޒާން ވިދާޅުވިއެވެ.
މީގެ އިތުރުން، ނިމިދިޔަ 19 ވަނަ މަޖިލީހުގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން އަޒާން ވިދާޅުވީ، އޭރު ޕީޕީއެމް/ޕީއެންސީގެ 8 މެންބަރުން ތިއްބެވިއިރު، އެއީ މަޖިލީހުގެ 10 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އެ މަޖިލީހުގައި އޭރުގެ އިދިކޮޅަށް ދީފައިވަނީ ކޮމިޓީތަކުގެ އެންމެ 8 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީއަށް ހައްގު މިންވަރަށް ވުރެ އިތުރަށް ކޮމިޓީތަކުން ޖާގަ ދީފައި ވަނިކޮށް، މަޖިލީހުގެ ތަޅުމުގައި ހަޅޭއްލަވައި މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ އެއްވެސް އަސާސެއް އޮތް ކަމެއް ނޫނެވެ. އަދި އެއީ ސީދާ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު