އެއާ އިންޑިއާގެ ފްލައިޓެއް އަމްރިތުސަރަށް ދަތުރުކުރަނިކޮށް، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޖޫން 22 ވަނަ ދުވަހު ދިއްލީން ފުރައިގެން އަމްރިތުސަރަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ އަމްރިތުސަރު އެއާޕޯޓުގައި ޖެއްސުމަށްޓަކައި 'ގޯ-އަރައުންޑް' މެނޫވާކުރަމުން ދަނިކޮށެވެ.
މިކަމާ ގުޅޭގޮތުން އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްލައިޓުގެ ކްރޫންނަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް "މާޖިނަލީ އިންފްރިންޖް" ނުވަތަ ކުޑަކޮށް ވަދެވިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފްލައިޓް ފަހުން އަލުން ދިއްލީއަށް ޑައިވާޓްކޮށްފައިވަނީ އަމްރިތުސަރު އެއާޕޯޓުގައި ދިމާވި ތޮއްޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާއިރު، އެއާ އިންޑިއާއިން މިހާރު އަންނަނީ މި މައްސަލަ އެތެރޭގެ ތަހުގީގެއް މެދުވެރިކޮށް ބަލަމުންނެވެ.
އެއާލައިނުން އިތުރަށް ބުނެފައިވަނީ ފަސިންޖަރުންނާއި ކްރޫންގެ ރައްކާތެރިކަމަކީ އެ ކުންފުނީގެ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު